ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަބްދުއްރަހީމް ޗައިނާއަށް ވަޑައިގެންނެވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ޗައިނާއިން އެނބުރިވަޑައިގަތުމުން މަޖިލީހުގެ ރައީސްއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އާއި ހެލްތު މިނިސްޓަރު ހަލީލްގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނެވެ.
އަބްދުއްރަހީމް ޗައިނާ އަށް ވަޑައިގެންނެވީ ”އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް“ ގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ މިފަދަ ސެމިނާއެއްގައި މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

