ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ސައީދު އައްޔަނުކުރައްވައިފިއެވެ.

ސައީދު އެ މަގާމަށް އައްޔަނު ކުރެއްވުމުން ޕީއެސްއެމްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަނީ ސައީދަށް މަރުހަބާ ކިޔައިފައެވެ.

އޭނާ އަކީ މީގެ ކުރިން ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ސައީދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި ޕާމަނަންޓް ސެކެޓްރީގެ މަގާމު ފުރުއްވައިފައެވެ.

މީގެއިތުރުން، އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ވެސް ހާސިލު ކުރައްވާފައެވެ.