ޏ. ފުވައްމުލަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް، 1,200 ކިލޯވޮޓްގެ ޖެންސެޓެއް އެ ސިޓީއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.

އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ފެނަކައިން ބުނީ ފުވައްމުލަކުގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށް 1،200 ކިލޯވޮޓްގެ ޖެންސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފެނަކައިން ފޯރުކޮށް ދޭއިރު ބައެއް ރަށްތަކުގެ އެ ހިދުމަތް ސްޓެލްކޯއިން ވެސް ދެއެވެ.

ފެނަކައިން ދަނީ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރިޔަށް އޮތްތަނުގައި، ފެނަކައިގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅު ކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.