ސިނަމާލެ ބްރިޖުގެ ޕްލޭނުގައި ކުރިންވެސް އޮތީ ފަޅިއެއްގައި ދެ ލޭނު އޮންނަ ގޮތަށް ކަމަށާއި ބްރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރި ފަހުން، ބްރިޖުގެ ލޭނުތަކުގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބްރިޖުގެ މަސައްކަތްތަކާއި ހަވާލުވީ 2014 ގެ ނޮވެންބަރުމަހުގެ ތެރޭގައި ކަމަށާއި އޭރުވެސް ބްރިޖްގެ ޕްލޭންގައި އޮތީ ފަޅިއެއްގައި 2 ލޭނު އަދި ޕެޑެސްޓްރިއަން ނުވަތަ ބައިސްކަލް ދުއްވާ ލޭނު ހިމެނޭ ގޮތަށް ކަމަށެވެ.

މިދެންނެވި ތާރީޚުގެ ފަހުން އެ ޕްރޮޖެކްޓުގަ މިދެންނެވީ އެއްވެސް ބަދަލެއް އައިއްސިއްޔާ އަޅުގަނޑަށް ވަރަށް ސާފުކޮށް އިނގޭނެ. އޭގެ ފަހުން މިދެންނެވީ ސެޕްޓެމްބަރ-އޮކްޓޫބަރ 2014 ހިސާބުގެ ފަހުން ޕްރިމިލިނަރީ، ޑިޒައިން ސްޓޭޖް، ޕްރީ ފީސިބިލިޓީ ސްޓޭޖް، ފީސިބިލިޓީ ސްޓޭޖް، ކޮންސެޕްޓް ޑިޒައިނިންގއާއި ޑީޓެއިލް ޑިޒައިނިންގ އާއި މިހުރިހާ މަރުހަލާއެއް ދިޔައީ އޭގެ ފަހުން އަޅުގަނޑުގެ ބެލުމުގެ ދަށުން. އެއްވެސް އިރެއްގަ ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުވުމުގެ ކުރިން ލޭނުގެ އަދަދަށް ބަދަލެއް އައިކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ.