ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަކޮށް ދިރުއުޅޭވޭނެ ތަންތަން ގަނެވޭނެ ގޮތަށް އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
އިންވެސްޓާ ރެޒިޑެންސީއަކީ ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓުކުރުމުން ރެޒިޑެންސީ ވިސާ އެއް ދިނުމެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމަކީ ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމާ ގުޅޭ ގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެކެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެންމެ ފުންނާބު އުސް ބައެއް ކުންފުނިތަކާ ރެޒިޑެންސީ ޕްރޮގްރާމްގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ސަރުކާރުން މިކަން ކުރާނީ އެންމެ މަތީ ފަންތީގެ ލަގްޒަރީ ރެޒިޑެންސީ މާކެޓުކޮށްދޭ ބަޔަކާ އެކު ކަމަށެވެ.
މިހާރުވެސް އެފަދަ ފުރުސަތަކަށް އެދި ބައެއް ރިސޯޓްތަކުގައި އިންވެސްޓްކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.

