ހުޅުމާލެއިން ބުރިޖަށް އަރަން ދާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ސީރިޔަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ ދެ ސައިކަލް ޖެހި މިއަދު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމަށާއި މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާތަކެއް ލިބުނު ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު، ދެވަނަ މީހާ ގެންގޮސްފައި ވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ.
ބްރިޖު ސަރަހައްދުގައި މިފަދަ އެކްސިޑެންޓުތައް ހިނގުން ވަނީ އިތުރުވެފައެވެ.