ޓްވީޓްތައް އެޑިޓް ކުރެވޭނެ ގޮތް ހެދުމަށް ގިނަ ބަޔަކު އެދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ޓްވިޓަރއިން އެ ފީޗަރ ޓެސްޓު ކުރަންވެސް ފަށައިފިއެވެ.

Ads by Asuru

މި ފީޗަރ ތައާރަފު ކުރުމުން، އެޑިޓްކުރެވޭ ޓްވީޓްތައް އެނގޭނެ ގޮތަށް، އައިކަންއެއް އެ ޓްވީޓެއްގައި ފެންނާނެއެވެ. އަދި ޓްވީޓު އެޑިޓްކުރެވޭނީ، ޓްވީޓް ކުރާތާ 30 މިނިޓްގެ ތެރޭގައެވެ. މާގިނައިން އެޑިޓް ކުރުމުގެ ފުރުސަތު ނުދޭއިރު، ހިސްޓްރީ ބަލައި، ޓްވީޓަށް ގެނެސްފައިވާ ބަދަލުތައްވެސް ބަލާލެވޭނެއެވެ.

ޓްވީޓްތައް އެޑިޓްކުރެވޭ ފީޗާ ޓެސްޓްކުރާނެ ވާހަކަ ޓްވިޓާ އިން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ އެޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ.

ޓްވިޓަރ ބްލޫއަށް ސަބްސްކްރައިބް ކުރާ މީހުންނަށް، ކުރިއަށް އޮތް ހަފްތާތަކުގައި މި ފީޗަރ ބޭނުން ކުރެވޭނެ ކަމަށް ޓްވިޓަރއިން ބުނެއެވެ.