އިންޑޮނޭޝިއާ އަދި ދެކުނު އެފްރިކާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން، މަގާމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފިއެވެ.
ސަފީރުކަމުގެ ފަތް ކޮޅު އެރުއްވީ ދެކުނު އެފްރިކާގެ ސަފީރު ސެންޑިލް އެޑްވިން ޝޯކް އާއި އިންޑޮނީޝިއާގެ ސަފީރު ދޭވީ ގުސްތީނާ ޓޯބިންގއެވެ.
މި ރަސްމިއްޔާތުގައި ސަފީރުން ވަނީ އެ ބޭފުޅުންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.