މާލޭގައި މިނީ ބަހުގެ ހިދުމަތް މާދަމާ ފަށާނެއެވެ.

Ads by Asuru

މިނީ ބަހުގެ ހިދުމަތް ފެށުމާއެކު، ފަސޭހަކަމާއެކު މާލޭގެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރެވޭނެެއެވެ.

މި ހިދުމަތް، ފުރަތަމަ ދެ ހަފްތާގައި ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭއެވެ. އަދި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، ޔުނީފޯމުގައި ތިބި ސްކޫލް ކުދިންނަށްވެސް މި ހިދުމަތް ހިލޭ ލިބޭނެއެވެ.

މި ހިދުމަތް ދިނުމަށް 18 ބަސް ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ 42 ތަނަކަށް ބަސް މަޑު ކުރާނެއެވެ. ބަސްތައް ދަތުރު ކުރާނީ، އަމީނީ މަގު، ސޯސަން މަގު، މަޖީދީ މަގު އަދި އޯކިޑު މަގުންނެވެ.

ފުރަތަމަ ދެ ހަފްތާއަށްފަހުގައި ބަހުގެ ފީއެއްގެ ގޮތުގައި ހަތް ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.