އއ. ރަސްދޫގެ މަގުމަތީ ބަރަހަނާ ފިލްމެއް ކުޅުނު މައްސަލައެއް ފެންމަތިވެ އެކަން ފުލުހުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިންގާފައިވަނީ ބަރަހަނާ ފިލްމުތައް ކުޅޭ ރަޝިޔާއަށް ނިސްބަތްވާ ބައެކެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރަސްދޫ މަގުތަކާއި ބީޗުގައި ފަތުރުވެރީން ތަކެއް ބަރަހަނާ ފިލްމެއް ކުޅުނު މައްސަލަ އެއް އަދި އެފަދަ ޝަކުވާއެއް އެ އިދާރާއަށް ލިބިފައި ނެތް ކަމަށެވެ.
ސޯޝަލް މީޑިއާގައި މިވާހަކަ ދައުރުވަމުންދާތީ، އެކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.