މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ މެންދުރު 02:00 އިން މިރޭ 08:00 އާ ހަމައަށެވެ.

މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ރާއްޖެއަށް މިދުވަސްވަރު މޫސުން ގޯސްވެ އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އަދި އެކަމާ ގުޅިގެން ގިނަ އެލާޓްތައްވެސް އަންނަނީ ނެރެމުންނެވެ.