ހދ.ކުޅުދުއްދުއްފުށި ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ވެސް ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ޕޯސްޓްމޯޓަމް ހަދަނީ މީހަކު މަރުވި ސަބަބު ދެނެގަތުމުގެ ބޭނުމުގައެވެ. ފުލުހުން ދެންމެ ބުނީ، ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިރޭ މާލެ ގެންނާނެ ކަމަށެވެ.

މި މައްސަލައިގައިވފުލުހުން މިއަދު ކުރިން ބުނީ، ކުޅުދުއްފުށި ސިޓީގެ ފަޅު ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:17 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ، ކުޅުދުއްފުށި، ޑޭޒީ ފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަންއެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް މަރުވެފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.