ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ، އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާގެ ދެ އަންހެން ކުދިންނާއި ތިމާގެ ކުއްޖަކަށް ކަމަށެވެ.

އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގެ ތުހުމަރުގައި 42 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެމައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.