އައްޑޫ ބަހުން ހުކުރު ހުތުބާ ކިޔުމުން، އައްޑޫ ސިޓީ މީދޫގެ މުދިމަކު ސަސްޕެންޑުކޮށްފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީންވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ސަސްޕެންޑުކޮށްފައިވަނީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ.

މުހައްމަދު ރަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު މީދޫ މަސްޖިދުއް މަޖްދުއްދީނުގައި ހުކުރު ހުތުބާ އައްޑޫ ބަހުން ކިޔުއްވާފައެވެ.  މިކަމާއި ގުޅިގެން އައްޑޫގައި އޮންނަ ހުޠުބާ ކޮމެޓީން ވަނީ މިއަދު މުހައްމަދު ރަޝީދުގެ ބަޔާނެއް ނެގުމަށް މަސައްކަތް ކޮށްފައެވެ.

މުޙައްމަދު ރަޝީދު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މީދޫގައި އޮންނަ ހުތުބާ ކޮމެޓީން ބަޔާނެއްގައި ސޮއި ކުރުމަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވަނީ، އަައްޑޫ ބަހުން ހުތުބާ ކިޔަސް، އޭގެ މައިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.