މައްސަލަތަކުގެ ތަހުގީގު ނިމުމަށްފަހު، ދައުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާކަމަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ ފުލުހުންގެ މައި އޮފީހުގައެވެ.
މި ބައްދަލުވުމުގައި ސީޕީ ޝުޖާއު ވަނީ ޕީޖީ އަށް މަރުޙަބާ ދަންނަވައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕީޖީ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އަދި މައްސަލަތަކުގެ ތަހުގީގު ނިމުމަށްފަހު ދައުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

