މާލޭގެ ބައެއް ގެތަކުން މިއަދު ހެނދުނު ކަރަންޓު ކެނޑިދާނެ ކަމަށް، މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ، ސްޓެލްކޯއިން ރޭ ބުނެފިއެވެ.

އެ ކުންފުނިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ، ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާތީ ކަމަށެވެ.

ކަރަންޓު ކެނޑޭނީ ބޮޑުފުންގަނޑު މަގު، މަޖީދީ މަގު، ލަންސިމޫ ގޯޅި އަދި ވައިޖެހޭ މަގު ހިމެނޭ ސަރަޙައްދުން، ހެނދުނު 9:30 އާއި 11:30 އާ ދެމެދުގެ ވަގުތެއްގައެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.