ކ.މާފުށީ ޖަލުގައި ހުރި ގައިދީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި އުމުރުން 62 އަހަރުގެ ގައިދީއަކު މަރުވި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ބުނީ މަރުވި މީހާއަކީ ދިވެހި ފިރިހެނެއް ކަމަށެވެ.

ހޯމް މިނިސްޓްރީން ވަނީ އެމީހާ މަރުވެފައިވަނީ، އަމިއްލައަށްކަން ކަށަވަރު ކޮށްދީފައެވެ.

އޭނާއަކީ، ޖިންސީ ކުށްތަކުގެ ރެކޯޑު އޮތް މީހެކެވެ.