ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 800 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ދޮގުކުރައްވައިފިއެވެ.
ސަރުކާރުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭން ލޯނެއް ނެގި ކަމަށް ރާއްޖޭގެ މީޑިޔާ އަކުން ރިޕޯޓު ކޮށްފައިވާއިރު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވީ ސަރުކާރުން ލޯނަކަށް އެދިފައި ނުވާނެ ކަމަށެވެ.
އަދި ބީއެމްއެލް އިން ވެސް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަން ފާހަގަކުރައްވައި، ސަރުކާރުން ޓީބިލް ވިއްކަން ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބޭންކްތަކުގެ އެކްސެސް ލިކުއިޑިޓީ ޓީބިލްގައި އިންވެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަދި ބީއެމްއެލުން ޓީބިލްގައި އިންވެސްޓްކޮށްފައިވާ ކަމަށާއި އެއީ ބީއެމްއެލްގެ އަމިއްލަ ނިންމުމެއް ކަމުގައިވެސް ވިދާޅުވިއެވެ.

