ދިވެހިރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އަބްދުލްމަޖީދު މާހިރު އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.

އެމަނިކުފާނުގެ ބައްޕާފުޅަކީ ވެލާނާގޭ މުހައްމަދު ދީދީއެވެ.

އެމަނިކުފާނު ވަނީ އޭނާއަށް ބޮޑުބޭބެ ވިދާޅުވާ ކުރީގެ ރައީސް ވެލާނާގޭ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީގެ ނައިބު ވަޒީރުކަން ވެސް ކުރެއްވިއެވެ.

އޭގެ ފަހުން މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް ކުރެއްވިއެވެ.

އަދި، އެއަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ އިސް މަގާމެއް ފުރުއްވައިފައެވެ.