ބަންގްލަދޭޝްއަށް ނިސްބަތްވާ، އެމްޑީ އަލަމްގީރްއާއެކުގައި، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ބެލެން ނެތް ކަމަށް ބާ ކައުންސިލުން ނިންމައި، އެކަން އަންގައިފިއެވެ.

Ads by Asuru

ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުރުން ވެސް މަނާކޮށްފައި ވަނިކޮށެވެ.

އެ މައްސަލަ ބާ ކައުންސިލަށް ހުށަހެޅުއްވި ގާނޫނީ ވަކީލު އަހުމަދު ތާލިބު މިއަދު ވިދާޅުވީ މައްސަލަ ހުށަހެޅިތާ ދެ މަސް ފަހުން މިއަދު ބާ ކައުންސިލުން ވަނީ އެ މައްސަލަ ބެލެން ނެތް ކަމަށް އޭނާއަށް އަންގާފައި ކަމަށެވެ.

ތާލިބު އެދިވަޑައިގަތީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.

ނަމަވެސް ބާ ކައުންސިލުން ވަނީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކީލަކާއި ހަވާ ލުކުރާ މަސައްކަތަކާއި ގުޅިގެން އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށް ބުނެފައެވެ.