ރައީސް، ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ވެގެން ދާނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ލިބޭނެ ވަރަށް މުހިންމު ފުރުސަތަކަށް ކަމުގައިވޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރު، އަދި މާމިގިލި ދާއިރާގެ މެމްބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، ރައީސް އިންޑިއާ ކުރައްވާ ދަތުރުފުޅުން އުއްމީދީ އަދި އުފާވެރި ދުވަސްތަކެއް ކުރިއަށް އެބަ އޮތް ކަމަށެވެ.
މި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާނެކަން ވެސް ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ރައީީސްގެ ދަތުރުފުޅު ވެގެންދާނީ އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިގްތިސާދީ ތަރައްގީގެ އާ އުސްމިންތަކެއް ހާސިލުކުރުމަށް އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް ވެސް މުހިންމު ގުޅުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

