އިނގެރޭސިވިލާތުގެ ރާނީ އެލިޒަބެތު(2) މަރުވެއްޖެއެެވެ.

Ads by Asuru

ރާނީ މަރުވިއިރު، އުމުރަކީ 96 އަހަރެވެ. އެލިޒަބެތަށް އިނގެރޭސިވިލާތުގެ ރަނިކަން ލިބިފައިވަނީ 1952 ވަނަ އަހަރުގައެވެ.

ރާނީގެ މަރާއެެކުގައި، ދެން ރަސްކަން ލިބިގެންދާނީ އޭނާގެ ދަރިފުޅު ޗާލްސްއަށެވެ. އުމުރުން 73 އަހަރުގެ ޗާލްސް އަކީ ޕްރިންސެސް ޑަޔާނާގެ ކުރީގެ ފިރިމީހާއެވެ.

ބަކިންހަމް ޕެލެސް އިން ބުނީ ރާނީ މަރުވެފައިވަނީ ބަލްމޯރަލްގައި ކަަމަށެވެ. ރާނީގެ މަރާއެކުގައި ޝާހީ އާއިލާގެ މެމްބަރުން ވަނީ އެއްތަންވެފައެވެ. އެގޮތުން އެ އާއިލާއާ ވަކިން އުޅޭ ޕްރިންސް ހެރީވެސް ވަނީ ރާނީގެ މޫނު ދެކިލަން އައިސްފައެވެ.

ރާނީ އަކީ އިނގެރޭސިވިލާތުގެ އިތުރުން، އިތުރު 14 ގައުމެއްގެވެސް ރާނީއެވެ. އެ ގައުމުތަކުގެ ތެރޭގައި ނިއުޒީލޭންޑާއި، ކެނެޑާއާއި، އޮސްޓްރޭލިއާވެސް ހިމެނެއެވެ. ކޮމަންވެލްތުގެވެސް އެންމެ އިސްވެރިއަކަށް ހުރީވެސް ރާނީއެވެ.