2025 ވަނަ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމަށް މާދަމާ އިން ފެށިގެން ހުޅުވާލަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ިއެ މިނިސްޓްރީބް ބުނީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ވަނީ ފެށިފައި ކަމަށެވެ.
މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި، މި އޮންލައިން ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024 އެވެ.
ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް އެ މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް: https://myoffice.moe.gov.mv/forms/id/2

