މަތީ ތައުލީމު ހާސިލު ކުރާ ރާއްޖޭގެ 32 ދަރިވަރަކަށް ޗައިނާ އެމްބަސީން އެހީ ދީފިއެވެ.
މިއީ ”ޗައިނީސް އެންބެސެޑަރ ބަރސަރީ“ ޕްރޮގުރާމުގެ ދަށުން ގައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ތައުލީމު ހާސިލުކުރަމުންގެންދާ 32 ދަރިވަރުންނަށް ދެއްވި އެހީއެވެ.
ކޮންމެ ދަރިވަރަކަށް ވެސް ދީފައި ވަނީ 10،000 ރުފިޔާގެ އެހީއެކެވެ.
އެހީ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.އާއިޝަތު އާދަމް، އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އާއިޝަތު ވަހީދާ، އަދި މި ދެ ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވިއެވެ.
އެހީ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލީޝިން ވިދާޅުވީ ގައުމުގެ އުއްމީދަކީ ޒުވާނުންކަމަށާއި، ގައުމުގެ މުސްތަގުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށެވެ.

