ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާ އިން މި އެލާޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ.
އެލާޓް ނެރެފައި ވަނީ ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 2:30 އާ ހަމައަށެވެ.
މިދުވަސްވަރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު، މެޓުން ދަނީ އެކި ސަރަހައްދުތަކަށް އެލާޓްތައް ނެރެ، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ.

