ހުޅުމާލޭގައި ހިންގަމުން ދިޔަ ތިން ކެފޭއެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭ ތަންތަން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އިއްޔެގެ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއަކު ބެލުމުގެ ދަށަށް ގެންދެވުނުކަން ވެސް އިމިގްރޭޝަނުން ފާހަގަކުރިއެވެ.

މި ސަރުކާރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާތަނަށް 4000 ބިދޭސީން ޑީޕޯޓު ކޮށްލާފައިވެއެވެ.