ރާއްޖޭގައި އޯޝަނިކް ވައިޓްޓިޕް ޝާކް (ފީބޯ މިޔަރު) ހިމާޔަތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް ކާމިޔާބުވެފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ސައިޓީސް  އަށް އޯޝަނިކް ވައިޓްޓިޕް ޝާކް ހިމާޔަތްކުރުމަށް ހުށަހެޅި ޕްރޮޕޯސަލް މިހާރު ވަނީ ކާމިޔާބުވެފައެވެ.

އަދި ސައިޓީސްއިން ބާއްވާ ދެން އަންނަ ބޮޑު ބައްދަލުވުމުގައި މިކަމާ ގުޅޭ އިތުރު މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ ތިމާވެށީގެ ގާނޫނުގެ ދަށުން ވޭލް ޝާކް ހިމާޔަތްކޮށް، އެ ބާވަތުގެ މިޔަރާ ގުޅޭ ގައިޑްލައިންތައްވެސް ޝާއިއުކޮށްފައެވެ.