ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް މިރޭ އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް) އިން ބުނެފިއެވެ.

މެޓުން ބުނީ ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ކަަމަށް ދެއްކިޔަސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކޮށްފާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށާއި ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުނެއެވެ.

ރާޅުގެ އުސްމިން ހުންނާނި ދެ ފޫޓާއި ފަސް ފޫޓުގައި ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.