ޕާކިސްތާނަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުން އަންނައިރު، އެގައުމުގެ އެންމެ ބޮޑު ކުޅީގެ ކައިރީގައި ދިރިއުޅޭ މީހުން އަމިއްލަ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެއެވެ.

Ads by Asuru

”ރޮއިޓަރސް“ ނޫހުން ބުނިގޮތުގައި، ލޭކު ކައިރީގައި ދިރިއުޅެމުން ދިޔަ މީހުން އެހެން ހިސާބުތަކަށް ބަދަލުވީ ބުރާސްފަތި ދުވަހުއެވެ. އެމީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވަނީ ދިރިއުޅޭ ސަރަހައްދުން 12 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،355އަށް އިތުރުވެފައި ވަނިކޮށެވެ.

ފަހުގެ ތާރީހެއްގައި ޕާކިސްތާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި މި ހާދިސާގައި އެގައުމުގެ 220 މިލިއަން މީހުންގެ އާބާދީގެ، 33 މިލިއަން މީހުންނަށް އަސަރު ކޮށްފައިވެއެވެ. މި ވިއްސާރައިގެ ސަބަބުން 10 ބިލިއަން ޑޮލަރުގެ ގެއްލުން ވެސް ވަނީ ލިބިފައެވެ.