ދެކުނު އޭޝިއާ ސަރަހައްދުގައި ފައިނޭންޝަލް އިންކްލޫޝަން ނުވަތަ މާލީ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ސަރފީ އިފްތިތާހުކޮށްފިއެވެ.

Ads by Asuru

ސައުތު އޭޝިއާ ރީޖަން ފައިނޭންޝަލް އިންކްލޫޝަން އިނީޝިއޭޓިވް (ސަރފީ) އުފައްދާފައިވަނީ އެލަޔަންސް ފޯ ފައިނޭންޝަލް އިންކްލޫޝަން (އަފީ) އިން އިސްނަގައިގެންނެވެ. މި އިނީޝިއޭޓިވް އިފްތިތާހު ކޮށްފައިވަނީ ޖޯޑަންގައި ކުރިއަށްދާ އަފީގެ ގްލޯބަލް ޕޮލިސީ ފޯރަމުގައެވެ.

އަފީގެ މި އިނީޝިއޭޓިވްގެ ޗެއަރ ގެ ގޮތުގައި ހޮވާފައިވަނީ ރާއްޖެއެވެ. އަފީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާލީ ބައިވެރިވުން އިތުރުކޮށް މާލީ ބައިވެރިވުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލުމަށް ގައުމުތަކާ ގުޅިގެން މަސައްކަތްކުރާ މެންބަރު ނެޓްވޯކްއެކެވެ.

ދުނީޔޭގެ ވަކި ވަކި ސަރަހައްދުތަކުގައި މާލީ ބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އަފީއިން ވަނީ ރީޖަނަލް އިނީޝިއޭޓިވްތަކެއް އިފްތިތާހު ކޮށްފައެވެ.