ދިވެހިރާއްޖޭގެ ވަރަށް ގިނަ ކުޑަކުދިން ބަލާ ކާޓޫނެއް ކަމުގައިވާ ”ޕެޕާ ޕިގް“ ކާޓޫނުގައި އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން ފަށައިފިއެވެ.

Ads by Asuru

އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ.

އެގޮތުން ކުޑަކުދިންގެ ސިކުނޑިތައް ކިލަނބުކޮށް، މި ނުބައި ހުތުުރު އަމަލަށް އެކުދިން ޝައުގުވެރި ކުރުވުމަށްޓަކައި ކުރާ އެއްކަމަކީ، ކުޑަކުދިންނަށް ހާއްސަކޮށްގެން އުފައްދާ ކާޓޫނާއި ޕްރޮގްރާމްފަދަ އެއްޗެހީގައި އެއްޖިންސުން ގުޅުން ހިންގުން ”ނޯމަލައިޒް“ ނުވަތަ އާދައިގެ ކަމަކަށް ހެދުމަށް މަސައްކަތް ކުރުމެވެ. މިއީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

ޕެޕާ ޕިގް ކާޓޫނުން އަލަށް، އެއްޖިންސުން ގުޅުން ހިންގާ ދެ އަންހެން ކެރެކްޓަރ ވަނީ ތައާރަފު ކޮށްފައެވެ. ބްރިޓަންގައި މިދިޔަ އަންގާރަ ދުވަހު، މީގެ ފުރަތަމަ އެޕިސޯޑް ވަނީ ދައްކާފައެވެ.

މީޑިއާނެޓުން މި ކާޓޫނު ނުފެންނާނެ ގޮތް ހެދިނަމަވެސް، ޔޫޓިއުބުން ބެލޭނެއެވެ. އެހެންކަމުން މިއީ ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ.

ޕެޕާ ޕިގް ނޫން އެހެން ކާޓޫނުތަކުގައިވެސް އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަމުން އަންނައިރު، ކުދިން ފޯނުން ބަަލަނީ ކޮންއެއްޗެއްތޯ، ބެލެނިވެރިން ކަށަވަރު ކުރަން ޖެހެެއެވެ.