ހުޅުމާލޭގައި ގާއިމްކުރާ ބުޅާ ފެސިލިޓީތަކަށް ގެންދާ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރަކާއި ވެޓެރިނަރީ ނަރުހުން ހޯދަން މާލެސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ ފެސިލިޓީއަށް ގެންދާ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރަކާއި ދެ ނަރުހުން ބޭނުންވާ ކަމަށެވެ.
ވެޓެރިނޭރިއަންއެއް ހޯދަން އިއުލާންކޮށްފައި ވަނީ 35،000ރ.އަށެވެ.
ވެޓެރިނަރީ ނަރުހުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 8،130ރ.އެވެ.
މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 100ރ. ކަނޑައަޅާފައިވާ އިރު، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، މުސާރައިގެ 35 ޕަސެންޓު ވެސް ލިބޭނެ އެވެ.
މި ޕެޓް ކެއާ ފެސިލިޓީގައި ބުޅާ ގެންގުޅޭ މީހުންނަށްވެސް ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބުޅާތަކަށް ބޭސްދިނުމާއި ވެކްސިން ދިނުމާއި، ލޭނެގުމާއި، ކުޑަކަމުދަތަކެތި ޓެސްޓްކުރުމާއި، ބަލިދެނެ ގަތުމަށް ހަދަންޖެހޭ ޓެސްޓްތައް މި ތަނުން ހެދޭނެއެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

