އިނގެރޭސި ރާނީ ކުއީން އެލިޒަބަތު(ދެވަނަ) މަރުވުގެ ކުރިން، ޝާހީ އާއިލާގެ އެންމެން ބެލްމޯރަލް ގަނޑުވަރަށް، ރާނީގެ ހާލު ދެކިލުމަށް ޖަމާވާން އޮތީ ފަށާފައެވެ.

Ads by Asuru

ޑަޔާނާގެ ހަގު ދަރިފުޅު ޕްރިންސް ހެރީ އާމެދުގައި ޝާހީ އާއިލާގެ ތެރޭގައި އޮތް ނުތަނަވަސްކަމާއެކުގައި، ޕްރިންސް ޗާލްސް ވަނީ، ރާނީ ކައިރިއަށް އަންނައިރު، ހެރީގެ އަންހެނުން މެގަން މާކެލް ނުގެނައުމަށް އަންގާފައި ކަމަށް ބޭރުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެހެންނަމަވެސް މެގަންވެސް ހެރީއާއެކު ދިޔަ ކަމަށް ހަބަރުތައް ބުނެއެވެ. އަނބިމީހާ މެގަން އަދި ދެ ދަރިންނާއެކު، ޝާހީ އާއިލާއާ ވަކިން ހެރީއަށް ބެލްމޯރަލްއަށް އާދެވުނީ ރާނީ މަރުވިތާ ދެގަޑިއިރެއްވަރު ފަހުން ކަމަށްވެއެެވެ.

ޗާލްސް ހެރީއަށް މިފަދަ އެންގުމެއް އެންގިއިރު، ރަސްކަމުގެ ވާރުތަވެރިޔާގެ ގޮތުގައި މިހާރު ހުރި ޕްރިންސް ވިލިއަމްގެ އަންހެނުން ކޭޓް މިޑްލްޓަންވެސް ބެލްމޯރަލްއަށް ނުގެނައުމަށާއި، އެ ހިތާމަވެރި ދަނޑިވަޅުގައި ރާނީގެ މޫނު ދެކިލަން އަންނަންވާނީ އެންމެ ގާތް އާއިލީ މެމްބަރުން ކަމަށްވެސް، ޗާލްސް ހެރީ ކައިރީގައި ބުނި ކަމަށް ރިޕޯޓް ކޮށްފައިވެެެއެވެ.

ހެރީއާއި އޭނާގެ މާމަ، އެލިޒަބަތާ ދެމެދު އޮތީ ގާތް ގުޅުމެކެވެ. ހެރީއާއި ޝާހީ އާއިލާގެ ގުޅުން ގޯސްވި ފަހުންވެސް، ރާނީ އެލިޒަބަތާ ހެރީގެ ގުޅުން އޮތެވެ. އެގޮތުން އެ ދެމީހުން ވަނީ ފޯނުކޮށް، އެކަކު އަނެކަކުގެ ހާލު ބަލާފައެވެ.