ކ. ގުރައިދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އިމިގްރޭޝަނުނ ބުނީ ގުރައިދޫގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން، އަދި އެހެން އިދާރާތައް ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަން ފެށީ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ރިޕޯޓުތަކަށް ބެލުމަށްފަހު ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލަ ހައްލުކުރުމަށް ހޯމް ޓީމުން ގުޅިގެން ކުރިއަށް ގެންދާ ”އޮޕަރޭޝަން ކުރަނގި“ ކުރިއަށް ގެންދަނީ މާލޭ ސަރަހައްދުގައެވެ.
ނަމަވެސް މިއަހަރުގެ ޖުލައި މަހު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަތޮޅު ތެރެއަށް އަދި ހަދަމުންދާ ރިސޯޓުތަކަށް އޮޕަރޭޝަން ފުޅާކުރައްވާނެ ކަމަށެވެ.

