ނިއުޒީލޭންޑުގައި، ބޮޑުމަހެއްގައި ޖެހިގެން އަޑިއަށް ދިޔަ ބޯޓަކުން ދަތުރު ކުރި ފަސް މީހުން މަރުވެއްޖެއެވެ.

Ads by Asuru

ނިއުޒީލޭންޑްގެ ނޫސްތަކާ ހަވާލާދީ، އަލްޖަޒީރާއިން ބުނީ، ބޯޓު އަޑިއަށް ދިޔައީ، ހޮނިހިރު ދުވަހުގެ ވަގުތެއްގައި، ކައިކޫރާ ކައިރިން ކަަމަށެވެ. އެ ބޯޓުން 11 މީހުން ދަތުރު ކުރިއިރު، ސަލާމަތް ކުރެވުނީ ހަ މީހުންނެވެ.

ބޯޓު ބަންޑުން ޖަހާލީ އެއްޗެއްގައި ޖެހިގެން ކަމަށްވިޔަސް، އެއީ ސީދާ ކޯޗެއްކަން ސާފު ނުވާ ކަމަށް ފުލުހުން ބުނެެއެވެ. ނަމަވެސް ބޯޓު ދަތުރު ކުރަމުން ދިޔައީ، ކަނޑުމަޑު ވަގުތެއްގައި ކަމަށްވުމުން، ބޮޑަށް ބެލެވެނީ، ބޯޓު ޖެހުނީ ބޮޑުމަހެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.