ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 ފައްޓަވައިދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ތިނަދޫއަށް ވަޑައިގެންފިއެވެ.

Ads by Asuru

މޭޔަރު ތިނަދޫއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ.

މި ދަތުރުފުޅުގައި މޭޔަރާއިއެކު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އަދި، މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ބައިވެރިވެވަޑައިގަންނަވައެވެ.

މޭޔަރާއި ކައުންސިލަރުންނަށް ގދ. ތިނަދޫއިން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މޭޔަރު މުޢިއްޒު އާއި ކައުންސިލަރުންނަށް މަރުޙަބާ ދެންނެވުމަށް ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު އާއި އެތްލެޓިކްސް ޓީމާއި ރަށުގެ ގިނަ އާންމު ރައްޔިތުންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ދަތުރަކީ ހުވަދޫ އަތޮޅު ކައުންސިލްގެ ދައުވަތަކަށް މޭޔަރާއި ކައުންސިލުން އެ އަތޮޅަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރު ނިންމަވާލެއްވުމަށްފަހު މޭޔަރާއި ކައުންސިލަރުން އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހ ކަަމަށް ސިޓީ ކައުންސިލުން ބުނެއެވެ.