ސްޕެއިންގައި ހިނގާދިޔަ ފެންބޮޑުވުމުގެ ހާދިސާތަކުގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

މިއީ ސްޕެއިންގައި ފާއިތުވި އަހަރުތަކުގައި ހިނގި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

މި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 158 އަށް އަރާފައިވާ ކަމަށް އިމަޖެންސީ ސާވިސަސް އާއި އޮފިޝަލުން ވަނީ ބުނެފައެވެ.

ވެލެންސިއާގެ އިރުމަތީ ސަރަޙައްދުގައި ރެސްކިއު މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވަނީ މިހާތަނަށް 155 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

ސްޕެއިންގެ މެދުތެރޭގެ ކަސްޓިލާ-ލާ މަންޗާގެ އޮފިޝަލުން ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު ދެކުނުގެ އަންދަލުސިއާއިން ވަނީ އެކަކު މަރުވެފައެވެ.

މި ހާދިސާތަކުން ލިބުނު ގެއްލުންތައް ތޫފާނެއް ނުވަތަ ސުނާމީއަކާ ގުޅިގެން ލިބުނު ގެއްލުމާ އެއްގޮތް ކަމަށް ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ސިފަ ކޮށްފައިވެއެވެ.