ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މޯލްޑިވްސް އިސްލާމިކް ބޭންކުން ބާއްވާ އިވެންޓެއްގައި ކަމަށެވެ.
އެގޮތުން ހަވާ އަރުވާނީ މިރޭ 21:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށްދާނީ ކިތަށް މިނެޓަށް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
ވިޔަފާރި އުސޫލުން ހަވާ އެރުވުމަކީ ސިފްކޯ އިން ކުރަމުން އަންނަ ކަމެކެވެ.

