ހައުސިން ޑިވެލޮޕްމްންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ ”ހިތްފަސޭހަ ހުޅުމާލެ“ މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގެ ހޭޅިއާއި މޫދަށް އެރޭ ސަރަހައްދު މިއަދު ހެނދުނު ވަނީ ސާފުކޮށްފައެވެ.
އަދި އެ ސަރައްދު ސާފުކުރުމުގެ އިތުރުން، އެ ސަރަހައްދު ފެހި ކުރުމަށް ގަސް އިންދުން ވެސް މިއަދު ކުރިއަށް ދިޔައެވެ.

ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމަކީ އެޗްޑީސީން ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތެކެވެ.
މިފަދަ ސާފު ކުރުމާއި ފެހި ކުރުމުގެ ހަރަކާތްތައް މީގެ ކުރިން ވެސް ރާވައިގެން ކުރިއަށް ގެންދެއެވެ.

އުއްމީދަކީ މިފަދަ ގިނަ ހަރަކާތް ކުރިއަށް ގެންގޮސް، ހުޅުމާލެ އަކީ ހިތްފަސޭހަ ރަށެއްގެ ގޮތުގައި ދެމެހެއްޓުން ކަމަށް އެޗްޑީސީން ބުނެއެވެ.

