ރާއްޖެ އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މިކަމާ ގުޅޭގޮތުން ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަދި ކެތިނޯން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
އަދި އޭގެތެރެއިން 5.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މިތަކެތީގެ މަގުމަތީ އަގު 3.3 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.

