ޒަމާނީ އޮއިވަރާއެކުގައި ރާއްޖޭގައިވެސް ވިޔަފާރި ކުރުމުގެ ވައްޓަފާޅިއަށް މިވަނީ ބަދަލުތަކެއް އައިސްފައެވެ. ގޭގައި ތިބެގެން އެކި ވައްތަރުގެ ވިޔަފާރި ކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ.

Ads by Asuru

މި އޮންލައިން ވިޔަފާރިއެއްގެ ފޯރި، އެންމެ ބޮޑަށް ވައިގައި ހިފައިގެން ދިޔައީ ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި، ގޭގައި ބަންދުވެ، އާމްދަނީ ހޯދާނެ ދޮރުތައް ބަންދުވުމާ ގުޅިގެންނެވެެ.

ޕެންޑެމިކްގެ ދުވަސްވަރު ފިހާރަތަކަށް ނުދެވި ”ލޮކްޑައުން“ވެފައި ތިބޭން ޖެހުނުއިރު، ގެއަށް ޑެލިވަރީ ކޮށްދޭނެ ވިޔަފާރިތައްވެގެން ދިޔައީ، ގޭގައި ބަންދުވެފައި ތިބި މީހުންނަށް ވަރަށް ބޮޑު ލުޔެއް ހޯދައިދިން ބައިވެރީންނަށެވެ.

ހާހަކަށްވުރެ ގިނަ، ކުދި އޮންލައިން ވިޔަފާރިތައް ލިސްޓު ކޮށްފައިވާ ”އަވަސް މޯލް“ވެސް އުފަންވީ، މި ޕެންޑެމިކެއްގެ ހާސްކަމުގެ ތެރޭގައެވެ. އަވަސްމޯލް ވުޖޫދަށް އައީ، ޑެލިވަރީގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު ފަސޭހައިން ބަލާލެވޭނެ ގޮތަށް ހެދި ބްލޮގެއްގެ ތެރެއިންނެވެ.

އަވަސް މޯލްގެ ފޭސްބުކް ޕޭޖުގައި، 1000އަށްވުރެ ގިނަ އޮންލައިން ވިޔަފާރި ލިސްޓް ކޮށްފައިވާއިރު، ވެބްސައިޓުގައި 20 ކެޓެގަރީއަކުން އެކި ވިޔަފާރިތައް ބަލާލެވެން ހުރެއެވެ. މި މޯލްގައި ލިސްޓުކޮށްދެނީ، ފަސޭހަކަމާއެކު، ގޭގައި ތިބެގެންވެސް އޯޑަރު ދެވޭނަމައެވެ. އޮންލައިންކޮށް އޯޑަރު ދެވޭނަމައެވެ.

އަވަސްމޯލްގެ ވެބްސައިޓުގައި ކާބޯތަކެތި ވިއްކާ ތަންތަނާއި، އަންނައުނާއި، އިލެކްޓްރޯނިކް ސާމާނު ވިއްކާ އެތައް ވިޔަފާރިއެއް ވަނީ ލިސްޓު ކޮށްފައެވެ.

އަވަސް މޯލްގެ ވެބްސައިޓަކީ ރާއްޖޭގެ އޮންލައިން ވިޔަފާރިތަކުގެ ޑައިރެކްޓްރީއެއް—

އަސުރަށް މައުލޫމާތު ދެމުން އަވަސް މޯލްއިން ބުނީ އެންމެ ފުރަތަމަ މިކަން ފެށީ ކޮވިޑްގެ ދުވަސްވަރުގައި، ޑެލިވަރީގެ ހިދުމަތްދީ، އޮންލައިން ވިޔަފާރި ހިންގާ ފަރާތްތަކުގެ މައުލޫމާތު މީހުންނަށް ފަސޭހައިން ހޯދޭނެ ގޮތް ހަދައިދިނުމުގެ ޝައުގުވެރިކަމާއެކުގައި ކަަމަށެވެ. އަދި މާކެޓިން ހިދުމަތެއް ގޮތަށް މިކަން ފެށީ، 1000އަށްވުރެ ގިނަ ކުދި ވިޔަފާރި ލިސްޓު ކުރެވުނު ފަހުން ކަމަށެވެ.

އަވަސް މޯލްގެ ފޭސްބުކް ޕޭޖާއި ވެބްސައިޓު ބަލާލުމުން، އޮންލައިންކޮށް ވިޔަފާރި ކުރަން ބޭނުންވާ މީހުންނަށް ބޭނުންވާ އެއްޗެއް ހޯދަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ފޭސްބުކްގައި އެކި ނަންނަން ޖަހައިގެން ”ސާޗު“ ނުކޮށް، އަވަސްމޯލްގެ ވެބްސައިޓަށް ވަދެ، ބޭނުން އެއްޗެއް ހޯދަންވީއެވެ.