ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ފެށުމަށް ހަމަޖައްސައި އެޑިއުކޭޝަން މިނިސްޓްރީން 2025 ވަނަ އަހަރުގެ އެކަޑެމިކް ކަލަންޑަރު ނެރެފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، ފުރަތަމަ ޓާމް ކުރިއަށް ދާނީ 6 އޭޕްރީލް އިން 24 ޖުލައި އަށެވެ.
ފުރަތަމަ ޓާމް ޓެސްޓް އޮންނާނީ ޖުލައި 5 އިން 19 އަށެވެ.

ދެވަނަ ޓާމްގެ ކިޔެވުން 10 އޯގަސްޓުގައި ފަށަން ނިންމާފައިވާއިރު، ޓާމް ނިމޭނީ ޑިސެމްބަރު 25 ގައެވެ. ދެވަނަ ޓާމް ޓެސްޓް އޮންނާނީ ޑިސެމްބަރު 6 އިން 20 އަށެވެ.

އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭނެއެވެ. މަސް ދުވަހުގެ ޗުއްޓީއަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރު ފަށާނީ 27 ޖެނުއަރީގައެވެ.

ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ އުސޫލުން 2026 ވަނަ އަހަރު އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނެވި ދިރާސީ އަހަރު ފަށަން ނިންމާފައިވަނީ ޖެނުއަރީ މަހު ކަމަށް ސަރުކާރުން މީގެކުރިން ވެސް ވަނީ ބުނެފައެވެ.