މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް ބޭނުންވާ ދިރާސާ ހެދުމަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް ދިރާސާ ފަށައިފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި މަގުތައް ހެދުމުގެ މަޝްރޫއަށް ދިރާސާކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްދާ މަޝްރޫއުއެކެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ޗައިނާގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައެވެ.
މިމަޝްރޫއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ޗައިނާ އިން ވަނީ ނިންމާފައެވެ.

