މާލޭ މަޖީދީ މަގުގައި ހުންނަ ޒިއޯން މޮބައިލްސް -4 ފިހަރާ ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 20 ދުވަސ ޖަހައިފިއެވެ.

އެ ފިހާރަ ފަޅައިލީ އިއްޔެ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ހއ. މާރަންދޫ ފިނިރޯޅި، އަހްމަދު ނިޔާޒު (47އ) އެެވެ.

ފުލުހުން ބުނީ ނިޔާޒު ހައްޔަރުކުރި އިރު، އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން، އެ ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ ނުވަ މޮބައިލް ފޯނު ފެނިފައިވާ ކަމަށެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް، ކްރިިމިނަލް ކޯޓަށް ހާޟިރު ކުރުމުން އޭނާގެ ބަންދަށް 20 ދުވަށް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.