ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމުތައް ބާތިލްކޮށް އަލުން ފޯމުލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާކަމަށް ބުނެ ސްކޭމް މެސެޖުތައް ފޯނުތަކަށް ފޮނުވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ ސައްހަނޫން އެ މެސެޖުތައް ފޮނުވަމުންދަނީ އޭގައި ލިންކެއް ހިމެނޭ ގޮތައް ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހިންގާ ސްކޭމް މެސެޖްތައް އެންމެ ފުރަތަމަ ފެންމަތިވެގެން ސަމާލުވާން ފުލުހުން އަންގާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގައެވެ.

