މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ އިތުރު ފަސް ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ ހޯމަ ދުވަހު އެ އިދާރާއިން މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގައި މާލޭގައި ހުންނަ ރެސްޓޯރެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރީ ސައްހަ ވިސާއެއް ނެތި، ގަވާއިދާ ޚިލާފަށް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 4،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.

