ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ”ބުލޫވޭގާ“ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެން ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ފަތިހު 3:42 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އަދި ވެސް ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމަށް މައުލޫމާތެއް ނުލިބެއެވެ.