އެޕަލްއިން އަލަށް ތައާރަފުކުރި އައިފޯން 14 ސީރީސް އުރީދޫއިން ވަރަށް އަވަހަށް ރާއްޖޭގައި ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Asuru

އެޕަލްއިން މިދިޔަ ބުދަ ދުވަހު ދައްކާލި އާ އައިފޯންތައް އުރީދޫ މެދުވެރިކޮށް ވަރަށް އަވަހަށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އައިފޯން 14 ގެ މޮޑެލްތައް މާކެޓަށް ނެރޭއިރު، މީހުންގެ ހިތްދަމައިގަތުމަށް ހާއްސަ ސިފަތަކެއްވެސް ވެސް ވަނީ ހިމަނާފައެވެ. އުފެއްދުންތަކުގައި މޮޅު ފީޗަރތައް ހިމެނުމަކީ އެޕަލްއިން އަބަދުވެސް ކުރާ ކަމެކެވެ.

މިގޮތުން އެންމެ ފަހުން ނެރުނު އައިފޯން 14 އަށް ހާއްސަ ފީޗާތަކުގެ ތެރޭގައި ފޯނަށް އޮޕަރޭޓަރުގެ ސިގްނަލް ނުލިބޭ ހިސާބެއްގައި އުޅެނިކޮށް އެކްސިޑެންޓެއް ހިނގިޔަސް، ސެޓެލައިޓް މެދުވެރިކޮށް ”އެސްއޯއެސް“ މެސެޖު ފޮނުވައިދެއެވެ.

”ކްރޭޝް ޑިޓެކްޝަން“ އަކީ ވެސް އައިފޯން 14 އަދި އެޕަލް ވޮޗް ސީރީޒް އަށެއްގައި ހިމަނާފައިވާ ފީޗާއެކެވެ. މިއީ އެއްޗެއް ބާރަށް ދުއްވާފައި ދަނިކޮށް ތަނެއްގައި ޖެހުމުން އެމެޖެންސީ މެސެޖް ފޮނުވައިދޭ ފީޗާއެކެވެ.