ފުވައްމުލަކުގައި ގެއްލިގެން ހޯދަމުންދިޔަ އުމުރުން ހަތަރު އަހަރުގެ ކުޑަ ކުއްޖާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، ކުއްޖާ ފެނިފައިވާ ކަމަށާއި ހާލު ވެސް ރަނގަޅު ކަމަށެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީގެ ކުރިން ވިދާޅުވީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި އިޒްޔާން ހުޝާމް މުހައްމަދު (4އ) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިޒްޔާން އެންމެ ފަހުން ފެނިފައިވަނީ މިއަދު 16:45ހާއިރު، ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02.ޖީ.18 ފުލެޓް ފަހަތުން ކަމަށް ވިދާޅުވެފައެވެ.
”އޭރު ލައިގެންހުރީ ނަންބަރު 10 ޖަހާފައިވާ ކަޅުކުލައި ޖާޒީ އެއް ކަމަށް ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.“ އޭނާ ވިދާޅުވިއެވެ.

