ސިވިވް ކޯޓުގެ ގާޒީގެގެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައިފިއެވެ.

Ads by Asuru

ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުގެ ގާޟީއެއްގެ އަސަސީ މުސާރަ އަކީ ކޮންމެ މަހަކު 30000.00 ރުފިޔާއެވެ.

އަދި ލިވިން އެލަވަންސްގެ ގޮތުގައި 15000.00 ރުފިޔާ، ރިސްކް އެލަވަންސް އަށް 1،650.00 ރުފިޔާ ލިބެއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސް ލިބޭނެއެވެ.

ސިވިލްކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި، ބ.ކިހާދޫ، ގާޑެނިޔާވިލާ، އަލީ ނަސީރާއި، ހެންވޭރު ގްލޯރިއާސާ2، އަލީ ނަދީމާއި، ހދ.ފިނޭ، ދެތަނޑިމާގެ، ފައިސަލް އާދަމާއި، ލ.މާބައިދޫ، ހަވީރީ މަންޒިލް، އަހުމަދު މައުސޫމް ހިމެނިވަޑައިގަންނަވައެވެ.